މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތް ކަރުދާސް ކޮޅާއެކު މަނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތް ކަރުދާސް ކޮޅާއެކު ނ. މަނަދޫން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަ...

19 Jan 2023 | 12:55

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތް ކަރުދާސް ކޮޅާއެކު ނ. މަނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން  ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން  ބުނީ މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް