ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ސިރާޖު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ފަޅީގައި ކުރިން ހުންނެވި މޫސާ ސިރާޖު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމާފައިވާކަމަށެވެ.
https://twitter.com/MoosesSiraj/status/1616044588640395264
ސިރާޖު ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް މިރޭ ރައީސް ސޯލިހް ލާމު އަތޮޅަށް ވަޑައިގަންނަވައެވެ. އަދި މާދަމާ ފޮނަދޫ އަދި ގަމުގެ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް