ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 40 އަަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ކުޑަކުއްޖަކާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާގެ އޮރިޔާންކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފަރާތް...

19 Jan 2023 | 11:46

ކުޑަކުއްޖަކާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާގެ އޮރިޔާންކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތް ކަމަށްވާ ލ. ކަލައިދޫ، މާކަރީ ލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ދައުވާ އެވެ.

އެގޮތުން މި މައްސަލަ ކޯޓަށް ހުށަހެޅިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުވަރީ 5 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އޭނާގެ މައްޗައް ވަނީ ރޭޕްގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެފަ އެވެ.

އެހެންކަމުން ރޭޕް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މީގެ އިތުރުން ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ އަދަބުގެ ގޮތުގައި 20 އަހަރަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ސާޅީސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުން އޭނާގެ މައްޗައް ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ ދެ އަހަރާއި އެއް މަހާއި 14 ދުވަސް ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް