ބްރޯޑްކޮމްގެ ނައިބު ރައީސަށް ފަޒީން ހަމަޖައްސައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ. ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފައި...

19 Jan 2023 | 11:15

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ގައިސް މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެމްޕެއިން ކޮށްދެއްވުމަށްޓަކައި މި މަހުގެ 9 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެގޮތުން އަލަށް ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރެވުނު ފަޒީންއަށް މަރުޙަބާ ކިޔައި މިއަދު އެ ކޮމިޝަނުން ބުނީ ފަޒީންގެ ލީޑާޝިޕާއި، އިރުޝާދާއެކު ބްރޮޑްކާސްޓިން ދާއިރާ ތަރައްޤީ ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. އަދި ބްރޮޑްކޮމްއަށް އައްޔަނުކޮށްފައި ވަނީ 7 މާރިޗް 2021 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް