ދައުރު ނިމެންވާއިރަށް ނަލަންދޫ ޓޫރިޒަމަށް ފައްކާ ކުރެވޭނެ: ރައީސް ސޯލިހް

ށ. ނަލަންދޫ، މި ދައުރު ނިމެންވާއިރަށް ފަތުރުވެރިކަމަށް ފައްކާ ކުރެވިގެންދާނެކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދ...

19 Jan 2023 | 09:23

ށ. ނަލަންދޫ، މި ދައުރު ނިމެންވާއިރަށް ފަތުރުވެރިކަމަށް ފައްކާ ކުރެވިގެންދާނެކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ށ. މިލަންދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން ދަމާފައިވާ ފޮތިތައް ފެނުނު ކަމަށާއި އޭގައި އޮތީ ދެކަމެއްގެ ވާހަކަ ކަމަށެވެ. އެއީ މިލަންދޫ ހޮސްޕިޓަލުގެ ވާހަކައާއި ނަލަންދޫ ފަތުރުވެރިކަމަށް ހުޅުވާލުމުގެ ވާހަކަ ކަމަށެވެ.

"މިލަންދޫ ހޮސްޕިޓަލުގެ ޓެންޑަރ މިއަދު މީ ހުޅުވާ ދުވަސް" ރައީސް ވިދާޅުވިއެވެ.

ނަލަންދޫއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ނަލަންދޫ އަކީ ސަރުކާރުން އެގްރީމެންޓެއް ހަދާފައި މީހަކަށް ދީފައި އޮތް ރަށެއް ކަމުގައިވާއިރު ކޮށްފައި ހުރި މަސައްކަތުގެ އަގުކޮށް ބަދަލު ދޭން ޖެހޭ ކަމަށެވެ. އަދި ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ވަރަށް އަވަހަށް ނަލަންދޫ ފަތުރުވެރިކަމަށް ހުޅުވާލެވޭނެ ކަމަށާއި އަދި އިންވެސްޓް ކުރާނެ ފަރާތްތައް މިހާރުވެސް ލިބިފައިވާކަނ ފާހަގަކުރެއްވިއެވެ. އަދި ދައުރު ނިމުމުގެ ކުރިއަށް ނަލަންދޫ ފަތުރުވެރިކަމަށް ފައްކާކުރެވިގެންދާނެކުގައި ވިދާޅުވިއެވެ.

ރައީސް މިއަދު ށ. މިލަންދޫއަށް ވަޑައިގެންފައިވާއިރު މިއަދު ހެނދުނު ށ. ކަނޑިތީމަށް ވަޑައިގެންނެވިއެވެ. އަދި މިއަދު ހަވީރު ކެމްޕޭނުގައި މި އަތޮޅު ފުނަދުއަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް