ޔުކްރެއިންގައި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މިނިސްޓަރަކާއި 18 މީހުން މަރުވެއްޖެ

ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނަސްޓިރިސްކީ އާއި އިތުރު18 މީހުން މަރުވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ ރޭ8:00 ހާއިރު އެވެ. އެކްސިޑެންޓެއްގައި އެ ހެލިކޮޕްޓރު ވެއްޓި...

19 Jan 2023 | 07:27

ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނަސްޓިރިސްކީ އާއި އިތުރު18 މީހުން މަރުވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ8:00 ހާއިރު އެވެ. އެކްސިޑެންޓެއްގައި އެ ހެލިކޮޕްޓރު ވެއްޓި މީހުން މަރުވިކަން ފިޔަވާ އިތުރު މައުލޫމާތެއް ރަސްމީ އިދާރާއަކުން ހާމަ ނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާގައި ހެލިކޮޕްޓަަރުން ދަތުރު ކުރި25 މީހަކު ޒަހަމް ތަކާއި އެކު ސަލާމަތްވި އެވެ. އޭގެ ތެރޭގައި11 ކުޑަކުދިން ހިމެނެ އެވެ.

އެ ބޯޓު ވެއްޓުނީ ކުދަކުދިންނަށް ކިޔަވައިދޭ ޕްރީ ސްކޫލެއްގެ މައްޗަށެވެ. މަންޒަރުދުށް މީހުން ބުނީ ބޯޓު ވެއްޓެމުން ދިޔަ އިރު އުސް އިމާރާތެއްގެ މައްޗަށް ހެލިކޮޕްޓަރު ވެއްޓުނަ ނުދިނުމަށް ޕައިލެޓް މަސައްކަތް ކުރިކަން އެނގޭ ކަމަށެވެ.

މި ހާދިސާގައި އުމުރުން42 އަހަރުގެ މިނިސްޓަރު ޑެނީސް މަރުވުމުން އެ ގައުމުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ އެ ހަބަރުން ހިތްދަތިކަން ގެނުވާފައިވާ ކަމަށާއި އެ ބޭފުޅާގެ ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. އަދި މިނިސްޓަރުގެ މަރަކީ އެގައުމުގެ ސަރުކާރުގެ ހިތް ކަތިލެވިގެން ދިޔަފަދަ ހިތާމަވެރި ހަބަރެއް ކަމަށް ވިދާޅުވި އެވެ.

ޑެނީސް އަކީ ރައީސް ޒެލެންސްކީގެ ޕޮލިޓިކަލް އެޑްވައިޒަރެއް ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅާ އެވެ.

ޔޫކްރެއިނުގެ ސަރުކާރުން މިކަން އަޅުވާފައިވަނީ ރަޝިއާގެ ބޮލުގައި އެވެ. އެ ގައުމުގެ ސަރުކާރުން ބުނީ ހެލިކޮޕްޓަރު ވައްޓާލީ ރަޝިއާއިން ރާވައިގެން ގަސްދުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް