މަޝްހޫރުކަން ހޯދަން ސުހާނާ އަކީ ލޯބިވެރިޔާ ކަމަށްބުނެ އަގަސްތިޔާ ވާހަކަ ދައްކަނީ!

ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން ސުހާނާ ހާނަކީ މިހާރު އެންމެ މަޝްހޫރު އެކަކެވެ. އުމުރުން 22 އަހަރުގެ ސުހާނާ އަކީ ޝާހްރުކް ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާ ފި...

19 Jan 2023 | 05:59

ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން ސުހާނާ ހާނަކީ މިހާރު އެންމެ މަޝްހޫރު އެކަކެވެ.

އުމުރުން 22 އަހަރުގެ ސުހާނާ އަކީ ޝާހްރުކް ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ޒޯޔާ އަހްތަރުގެ ފިލްމު "އާޗީ" އެވެ.

އެ ފިލްމުގައި ކުރީގެ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން ހިމެނޭއިރު ފާހަގަ ކުރެވޭ އެކަކަކީ އަމިތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ އެވެ. އުމުރުން 22 އަހަރުގެ އަގަސްތްޔާ އަކީ ފިލްމީ ދާއިރާއަށްް ނުކުންނަން ނިންމުމުގެ ކުރިން އާންމުން މާ ދަންނަ ނަމެއް ނޫނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފިލްމު "އާޗީ"ގެ ވާހަކަ އާއި އެކު މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ އަގަސްތިޔާގެ ލޯބީގެ ވާހަކަ އެވެ. އޭނާގެ ލޯބިވެރިޔަކީ ސުހާނާ ކަމަށްވެ އެވެ.

އެ ވާހަކަ މާ ގަދައަށް ދެކެވެން ފެށީ މިދިޔަ ޑިސެމްބަރު މަހު އޮތް ބޮލީވުޑް ކްރިސްމަސް ޕާޓީއަކަށް ސުހާނާ އާއި ދެމީހުން އެކުގައި ދިއުމެވެ. އަދި ޕާޓީގައި އަގަސްތިޔާ ވަނީ ސުނާހާ އަކީ އޭނާގެ ޕާޓްނަރު ކަމަށް ގިނަ ބަޔަކަށް ތައާރަފު ކޮށްދީފައި އެވެ. ބައެއް މީހުން ޕާޓްނަރު މާނަކުރި ގޮތް ތަފާތުވިޔަސް ގިނަ ބަޔަކު ގަބޫލު ކުރީ ދެމީހުން އުޅުނު ގޮތުން ގުޅުމެއް އޮތް ކަމަށެވެ.

އަދި "އާޗީ"ގެ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަގުތުގައި ދެމީހުން އެކުގައި އެކަނި ގިނަ ވަގުތުތަކެއް ހޭދަ ކުރުން ވެގެން ގޮސްފައިވަނީ ޝައްކު ޔަގީނަށް ބަދަލުވެފައިވާ ކަމަށެވެ. އެކުގައި ކެއުންތަކަށްވެސް ރޭގަނޑު ދެއެވެ.

މިކަމުގެ ހަގީގަތް ހާމަކޮށްދެމުން ސުހާނާގެ ގާތް މީހަކު ބުނީ އެ ދެމީހުން އުޅެނީ ރައްޓެހިވެގެން ނޫން ކަމަށެވެ. އަދި އަގަސްތިޔާގެ މަގުސަދަކީ ސުހާނާގެ ނަން ބޭނުން ކޮށްގެން މަޝްހޫރުވުން ކަމަށް ބުންޏެވެ.

އެކަން ސުހާނާ ނުހުއްޓުވާނެ ކަމަށާއި އެގޮތަށް ނިންމީ ފިލްމު "އާޗީ"އަށްވެސް ލިބޭނެ ކުރިއެރުމަކަށް ވާތީ ކަމަށެވެ. އެއީ ސުހާނާއަށް ނޭނގި ސިއްރުން ވާކަމެއް ނޫންކަން އޭނާގެ ވާހަކައިން އެނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސުހާނާ އަކީ ޝާހްރުކްގެ ދަރިއަކަށް ވާތީ އެންމެ ކުދައިރުންސުރެ އޭނާ ނުދަންނަ މީހަކު އިންޑިއާ އަދި ބޮލީވުޑަށް ޝައުގުވެރިވާ ދުނިޔޭގެ ގައުމުތަކުގައި ނުހުންނާނެ އެވެ. އެހެންވެ އޭނާ މަޝްހޫރުވާކަށް އަދި މީހުންގެ ސަމާލުކަން ހޯދަން މިހާރު ބުރަ މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ.

އެކަމަކު އަގަސްތިޔާ އަކީ އަބީތާބުގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ނަންދާގެ ދަރިއެއް ކަމުނ،ް ގަނޑުން އޮތީ މިހާތަނަށް އެއްފަރާތްވެފައި ކަމަށް ބުންޏެވެ. ބޮޑަށް އެހެންވީ ޝްވެތާ އަކީ ފިލްމީ ދާއިރާ އާއި ގުޅުން ހުރި މަސައްކަތެއްވެސް ކުރާ މީހަކަށް ނުވުން ކަމަށް އެމީހާ ބުންޏެވެ.

އޭނާ ބުނީ ސުހާނާ އެ ފޯރުކޮށްދެނީ އަގަސްތިޔާއަށް މަޝްހޫރުވާން އެހީތެރިކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް