އެމްޓީސީސީގެ އާރުޓީއެލްގެ ބަސްތައް ވިލިމާލެއަށް ގެންގޮސްފި އެވެ.
ބަހުގެ ހިދުމަތް ދިނުމަށް ވިލިމާލޭގައި އެމްޓީސީސީން ބޭނުން ކުރުމަށް ނިންމާފައިވަނީ އީވީ ބަހެވެ. އޭގެ ހަ ބަސް ވިލިމާލޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަސް ބޭނުން ކުރާނެ އެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ހިދުމަތް ދިނުމަށް ބޭނުން ކުރާނެ ހުރިހާ ބަހެއް ވިލިމާލެއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މިއީ ވިލިމާލޭ ރައްޔިތުންނަށް ދެވޭނެ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.
އެ ކުންފުނިން ނިންމާފައިވަނީ މާދަމާ މި ހިދުމަތް ވިލިމާލޭގައި ފަށާށެވެ. އެކަމަކު ދަތުރުތަކުގެ އަގާއި ބަސް ރޫޓުތައް އަދިވެސް ހާމައެއް ނުކުރެ އެވެ.
ވިލިމާލޭގައި ހިދުމަތް ދިނުމަށް ބޭނުން ކުރާ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އެއީ އިށީނދެ 11 މީހުން އަދި ކޮޅަށް ހަތަރު މީހުންނަށް ތިބެވޭ ގޮތަށެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދޭން ތައްޔާރުވި އިރު މާލޭ ސިޓީ ކައުންސިލުން ދަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. އެ ކައުންސިލުން ބުނީ އެ ބަގީތައް ފެބްރުއަރީ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށެވެ.
އަދި އެމްޓީސީސީން ބަހުގެ ހިދުމަތް ވިލިމާލޭގައި ދޭކަން އެ ކައުންސިލަށް ނާންގާ ކަމަށާއި އެ ކައުންސިލަށް ނާންގައި ވިލިމާލޭގައި ހިދުމަތް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް