ސިއްރު މައުލޫމާތުތަކެއް ވިއްކި އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ހައްޔަރުކޮށްފި

ސިއްރު މައުލޫމާތުތަކެއް ބަޔަކަށް ވިއްކި މައްސަލައިގަ އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ ޑޭޓާ އެނ...

19 Jan 2023 | 05:15

ސިއްރު މައުލޫމާތުތަކެއް ބަޔަކަށް ވިއްކި މައްސަލައިގަ އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ ޑޭޓާ އެންޓްރީ އޮޕަރޭޓަރުގެ މަގާމު ފުރަމުންދިޔަ މުވައްޒަފެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި މައްސަލައި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ސިއްރު މައުލޫމާތުތަކެއް ބޭރު ގައުމެއްގެ ބަޔަކާއި ހިއްސާ ކުރި ކަމަށެވެ. އޭނާ ހިއްސާ ކުރި ކަމަށްވަނީ އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކެކެވެ.

މި މައުލޫމާތު ހިއްސާ ކުރުމުން އޭނާއަށް ކޮރަޕްޝަންގެ ގޮތުގައި ލިބުނު ފައިސާ ގަބޫލުކޮށްފައިވާ ކަމަށްވެސް ވެ އެވެ.

ހައްޔަރުު ކުރު ކުރުުގެ ކުރިން އިންޑިއާ ފުލުހުން ވަނީ އެ މުވައްޒަފު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި އެވެ. ފުލުހުން ބުނީ އޭނާގެ ގެއިން އެގައުމުގެ ފިނޭންސްގެ މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާކަމަށް ބެލެވޭ ފޯނު ފެނިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް