އިޓާލިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން އިންޓަރ މިލާނުން ހޯދައިފި

އިޓާލިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން  އިންޓަރ މިލާނުން ހޯދައިފިއެވެ. އެންމެ ފަހުން 2021 ވަނަ އަހަރުވެސް މި ތަށި ހޯދި އިންޓަރ މިލާން ޗެމްޕިއަންކަން ހޯދީ ސައޫދީ އަރަބިޔާގައި ކުޅުނު ފައިނަލްގައި ވާދަވެ...

19 Jan 2023 | 04:12

އިޓާލިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން  އިންޓަރ މިލާނުން ހޯދައިފިއެވެ.

އެންމެ ފަހުން 2021 ވަނަ އަހަރުވެސް މި ތަށި ހޯދި އިންޓަރ މިލާން ޗެމްޕިއަންކަން ހޯދީ ސައޫދީ އަރަބިޔާގައި ކުޅުނު ފައިނަލްގައި ވާދަވެރި އޭސީ މިލާން 3-0 ން ބަލިކޮށްގެންނެވެ.

މިއީ އިޓާލިއަން ސުޕަކަޕް އިންޓަމިލާނުން ހޯދި ހަތްވަނަ ފަހަރެވެ. އަދި މިއީ މި ދެޓީމު އިޓާލިއަން ސުޕަ ކަޕްގެ ތާރީޚުގައި ބައްދަލުކުރި ދެވަނަ ފަހަރެވެ. އަދި އިންޓަމިލާނުން އޭސީ މިލާން މި ކަޕްުގައި ބަލިކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އިންޓަމިލާނުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފެޑެރީކޯ ޑިމާކޯއެވެ. އޭގެ 10 މިނެޓު ފަހުން ދެވަނަ ގޯލް ޖެހީ އެޑިން ޒެކޯއެވެ. ތިންވަނަ ގޯލް ދެވަނަ ހާފްގައި ޖެހީ ލަޓާރޯ މާޓީނޭޒްއެވެ. މިދިޔަ އަހަރު ފައިނަލްގައި މި ތަށި އިންޓަމިލާނުން ނެގީ 1-2 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްގެންނެވެ.

އިޓާލިއަން ސުޕަކަޕް ތަށި އެންމެ ފުރަތަމަ އިންޓަމިލާނުން ނެގީ 1989 ވަނަ އަހަރު ސަމްޕްޑޯރިއާ ބަލިކޮށްގެންނެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އެޓީމުން ސުޕަކަޕް ނެގީ 2005 ވަނަ އަހަރު ޔުވެންޓަސް ބަލިކޮށެވެ. އޭގެ ފަހުން 2006 ، 2008 ،2010، ގައި މި ތަށި އެޓީމުން ނެގީ ރޯމާ ބަލިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް