ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހަކަށް ފަރުވާ ދެނީ

ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 12:37 ހާއިރު ކަމަށެވެ. މި މާރާމާރީ ހިންގާފައިވަނީ ލޮނުޒިޔާރަތް މަގު ޗާކޯލ...

19 Jan 2023 | 04:10

ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 12:37 ހާއިރު ކަމަށެވެ.

މި މާރާމާރީ ހިންގާފައިވަނީ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރީގައި އެވެ. މި ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށެވެ. އެކަމަކު ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ.

މި މާރާމާރީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް