އައްޑޫ ސިޓީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތް އަންނަ ޖޫން މަހަށް ނިމޭނެކަމުގައި އެންވަޔަރްމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީއިން ބުނީ އައްޑޫ ސިޓީގައި ކުނި އަންދައިގެން ކަރަންޓް އުފައްދަން ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް މައުލޫމާތުދެ އެވެ.
މިހާރު ގާތްގަނޑަކަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމްކުރާ ވޭސްޓް އެނާޖީ ސިސްޓަމް ހިމެނެ އެވެ. މިހާރު ކުރިއަށް ދަނީ އެ ޕްލާންޓްގެ ކޮންޓްރޯލް ބިލްޑިންގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޕްލާންޓްގެ މަސައްކަތް ނިމުމުން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ މިނިސްޓްރީން އޮފް އެންވަޔަރަމެންޓް މިނިސްޓރީން ބުނެއެވެ. އަދި އޭގެ ތެރެއިން އެއް މެގަ ވޯޓު ކަރަންޓު ދޫކުރުމަށް މިނިސްޓްރީން ހަމަޖައްސައިފައިވަނީ އައްޑޫގެ މައި ކަރަންޓް ވިއުގައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް