ޗައިނާ ހުޅުވާލުމުން ދުނިޔޭގެ ތެލުގެ މާކެޓުގެ ޑިމާންޑް ރިކޯޑު އަދަދަކަށް މައްޗަށް

ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު ދުނިޔޭގެ ތެލުގު ޑިމާންޑް ރިކޯޑު އަދަދަކަށް މަތިވެފައިވާކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. ޗައިނާގެ ވަޔާއި ކަނޑު އަދި އެއްގަމު ބޯޑަރުތައް ހުޅުވާލ...

19 Jan 2023 | 03:40

ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު ދުނިޔޭގެ ތެލުގު ޑިމާންޑް ރިކޯޑު އަދަދަކަށް މަތިވެފައިވާކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޗައިނާގެ ވަޔާއި ކަނޑު އަދި އެއްގަމު ބޯޑަރުތައް ހުޅުވާލީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ބޯޑަރުތައް ބަންދު ކުރީ ކޯވިޑް-19 އާއި ގުޅިގެން2020 ވަނަ އަހަރުގެ މާޗުގައި އެވެ.

އިންޓަރނޭޝަނަލް އެނާރޖީ އޭޖެންސީ (އައި.އީ.އޭ) އާއި ހަވާލާދީ ރިޕޯތުތައް ބުނާގޮތުގައި ޗައިނާ ހުޅުވާލުމުގެ ކުރިން ތެލަށް އޮންނަ ޑިމާންޑު ދުވާލެއްގެ މައްޗަށް އުޅެނީ 1.9 މިލިއަން ބެރެލްސްގައި އެވެ. އެކަމަކު މިހާރު އެ އަދަދު 101.7 މިލިއަން ބެރެލްސްއަށް އަރާފައިވާ ކަމަށެވެ.

އައިއޭއީ އިން ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ތެލުގެ މާކެޓުގެ ދެބައިކުޅަ އެއްބައި ޑިމާންޑު މިހާރު އޮތީ ޗައިނާއަށެވެ

ޗައިނާގެ އިގްތިސާދީ ހަރަކާތްތައް މިދިޔަ އަހަރު ދަސްވެފައިވަނީ ކޯވިޑް-19 ގެ ސަބަބުންނެވެ. އެގޮތުން 2022 ވަނަ އަހަރު، 1990 ވަނަ އަހަރަށްފަހު ޗައިނާގެ ތެލުގެ ދިމާންޑް ތިން ލައްކަ ނުވަދިހަ ހާސް ބެރެލްސްގެ ދުވަހީ ޑިމާންޑުތަކަށް ވެއްޓިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް