ޅ. ފެލިވަރު އަދި ގއ. ގެމަނަފުށީގައި އައިސް ޕްލާޓެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެއްޓުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިއި އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކޮށްގެން 23 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ފެލިވަރު އަދި ގެމަނަފުށީގައި އައިސް ޕްލާޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްލާއިލް ފައުޒީ އެވެ. ރައިނެކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ޕީކުމަރަން އެވެ.
މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހަދާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދާނެއެވެ.
އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެއެވެ.
މިއީ އިންޑިޔާގެ އެގްޒިމް ބޭންކުން ފޯރުކޮށްދޭ ފައިނޭންސްއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް