މާލެއިން ކޯވިޑަށް ޕޮސިޓިވްވި 32 މީހުންނާއި އެކު މިއަދު ޖުމްލަ 51

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 51 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 32 މީހުންނާއި ރިސޯޓުތަކުން 17 މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮ...

19 Jan 2021 | 17:20

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 51 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 32 މީހުންނާއި ރިސޯޓުތަކުން 17 މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުން ދެ މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،168 ސާމްޕަލެވެ.

މިހާރު ކޯވިޑް-19 އަށް ފަރުވާ ދެމުންދަނީ 962 މީހުންނަށެވެ. އޭގެ ތެރެއިން 73 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 13،615 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިިވަނީ 49 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 14،633 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް