ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެ ޖުމްލަ އަދަދު 11 އަށް

ގއ. ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށާ ގުޅުންހުރި ކްލަސްޓާގައި ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 11 އަށް އަރައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީ...

19 Jan 2021 | 14:12

ގއ. ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށާ ގުޅުންހުރި ކްލަސްޓާގައި ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ އެއް އަހަރުގެ ކުއްޖެއްގެ އިތުރުން އުމުރުން 46 އަހަރުގެ މީހަކު ޕޮޒިޓިވް ވިކަން ރޭ ދަންވަރު އެނގިފައިވާކަމަށާއި މިހާރު ޖުމްލަ އަދަދު 11 ކަމަށް ބަލަނީ އެ ކްލަސްޓާއާއި ގުޅުން ހުރި، ހުޅުމާލޭގައި ޕޮޒިޓިވް ވެފައިވާ މީހާއާއި ގއ. ވިލިނގިލިސް އެ ކްލަސްޓާއާ ގުޅުންހުރި ޕޮޒިޓިވް މީހާވެސް ހިމެނޭހެން ކަމަށެވެ.

މި ކްލަސްޓާއަކީ ގއ ދެއްވަދޫ އިހާ (ކްލަސްޓާ) އާއި ގުޅޭ ކްލަސްޓާއެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ 100 އަށްވުރެ ގިނަ ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު ނަތީޖާތައް ލިބެމުން އަންނަ ކަމަށެވެ. އަދި ކައުންސިލަށް މިހާރު ސީދާ އެނގެނީ ޕޮޒިޓިވް ކޭސްތަކުގެ މައުލޫމާތު ކަމުން، ނެގަޓިވް ކޭސްތަކުގެ މައުލޫމާތު އަދި ނެތްކަމުގައިވެސް ވިދާޅުވިއެވެ.

އެ ރަށު ކައުންސިލުން މިއަދު ބުނެފައިވާގޮތުގައި އެންމެ ފަހުން ޕޮޒިޓިވް ވި ދެމީހުން މިހާރުވަނީ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި އެއް އަހަރުގެ ކުއްޖާ ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް