އިންޑިއާއިން ކޯވިޑް ވެކްސިން ދޭ ފުރަތަމަ ގައުމަކަށް ރާއްޖެ، މާދަމާ ވެކްސިން ލިބޭނެ

އިންޑިއާއިން ދޭ ކޯވިޑް-19 ވެކްސިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ. ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" އެވެ. އެ ވެކްސިން އ...

19 Jan 2021 | 13:12

އިންޑިއާއިން ދޭ ކޯވިޑް-19 ވެކްސިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" އެވެ. އެ ވެކްސިން އަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެކަމަކު އިންޑިއާގެ ވެކްސިންއެއް ނޫނެވެ.

އިންޑިއާގެ ނޫސް އެޖެންސީ ޒީނިއުސް ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ހިިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު ވެލާނާ އިންޓަނޭޝަަލް އެއާޕޯޓުގައި މާދަމާ މެންދުރު 2:00 ގައި ޖައްސާނެ އެވެ.

އެކަމަކު މިމައުލޫމާތު ތަކާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެއްޗެއް ހާމައެއް ނުކުރެ އެވެ.

"ކޮވިޝީލްޑް" ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ.

އިންޑިއާ އިން ވަރަށް އަވަހަށް ރާއްޖެ އަށް ކޮވިޑް ވެކްސިން ދޭނެ ކަމަށް، ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިތުރު ތަފްސީލް އެ ދުވަހު ދެއްވާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް