މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުުން، ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެވީ، ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން، އަަބްދުﷲ އިސްމާޢީލެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި އޮރިއެއްޓޭޝަންގެ އަމާޒަކީ ޕްރިންސިޕަލުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، 2020 ވަނަ އަހަރުގެ ކިޔެވުން ކުރިއަށް ދިޔަ ގޮތާމެދު މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމެވެ.
2021 ޖަނަވަރީ12 ވަނަ ދުވަހު ފެށިގެން18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮރިއެންޓޭޝަންގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިސްކަންދަރު ސްކޫލުގައެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުން ޕްރިންސިޕަލުން ބައިވެރިވީ އޮންލައިންކޮށެވެ.
2020 ވަނަ އަހަރު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ދިޔަ ގޮތުގެ އިތުރުން، ކޮވިޑް19 ގެ ހާލަތުގައި ސްކޫލްތަކުން އަމަލުކުރަމުންދާ ރައްކާތެރި އުސޫލުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ޓާގެޓްތައް ހާސިލުކުރުމަށް ދުރާލައި ސްކޫލްތަކުން ލަނޑުދަނޑި ކަނޑައަޅައި ތައްޔާރު ވުމުގެ މުހިންމުކަމާ މެދު މައުލޫމާތު ދީފައި ވެއެވެ.
އަދި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ސްކޫލްތަކުން މިހާރަށްވުރެ އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި އޮރިއެންޓޭޝަންގައި މަޝްވަރާ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް