ށ. ކޮމަންޑޫގައި ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެ ރަށުން ޕޮސިޓިވްވެފައިވަނީ ރާއްޖެއިން ބޭރުން އައިސް ހޯމް ކަރަންޓީންގައި ހުރި ބިދޭސީ ޓީޗަރެކެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރުމުންނެވެ.
އެ ރަށު ކައުންސިލުން މީޑިއާގައި ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ޓީޗަރާއި އިތުރު މީހަކު ކޮންޓެކްޓު ވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އިއްޔެ ގދ. ތިނަދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީ ޓީޗަރަކުވެސް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އެމީހާއަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ހުރި މީހެކެވެ.
އެޗްއީއޯސީން ބުނެފައިވާ ގޮތުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓު ކުރާއިރު ކޯވިޑަށް ޕޮސިޓިވްވިޔަސް އެމީހާގެ ފަރާތުން ރަށުތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އަދި ހޯމް ކަރަންޓީންގައި ހުންނަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވިޔަސް އެ ރަށެއް މޮނިޓަރިންގެ ހާލަތަކަށް ނުގެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް