ފ. ނިލަންދޫ ގޭބިސީތަކުގެ ވަޅު ފެނުގައި ޑީސަލްގެ އަސަރު ހުރިތޯ ބަލަން ފަށައިފި އެވެ.
މި މަސައްކަތް ކުރަން ޖެހުނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށު އައްޑަނަ ރައްޔިތުންގެ ތެޔޮ ސެންޓަރު ހިމެނޭ ސަރަހައްދަށް ޑީސެލް ލީކްވެ ބިމަށް ހިދިފައިވާ ކަމަށް ފާހަގަކުރެވިގެންނެވެ.
ނިލަންދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޑިސަލް ލީކުވުމުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފަންނީ ބޭފުޅުން ލަފާދީފައިވާ ކަމަށެވެ. އެހެންވެ ވަޅު ފެނަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެ ކައުންސިލަށް އަންގަން އެދިފައިވެ އެވެ
ކައުންސިލަށް ރިޕޯޓު ކުރަން ޖެހެނީ ގޭބިސީތަކުގެ ވަޅު ފެނުގެ ކުލަ، ރަހަ އަދި ވަހަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެވެ.
އެރަށުގައި ބިމަށް ޑީސަލް ލީކުވާން ޖެހުނު ސަބަބެއް ނޭނގެ އެވެ.
މި މައްސަލަ އެ ރަށު ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް