މުޖުތަމައު ބާރުވެރި ކުރުވުމުގެ މަޝްރޫތައް ހިންގަން ޖަމިއްޔާތަކަށް ފައިސާ ދެނީ

މުޖުތަމައު ބާރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގަން ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ. ޔޫތް މިނިސްޓްރީން ބުނީ އެފަދަ މަޝްރޫއުތައް ހިންގަން ބޭނުންވާ މަދަނީ ޖަމ...

19 Jan 2021 | 08:23

މުޖުތަމައު ބާރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގަން ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ އެފަދަ މަޝްރޫއުތައް ހިންގަން ބޭނުންވާ މަދަނީ ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. މާލީ އެހީތެރިކަން ދޭން ނިންމާފައިވަނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކަކާއި ސިޓީ، އަތޮޅު އަދި ރަށުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް އެހީވެދޭ މަޝްރޫއުތައް ހިންގުމަށެވެ.

މިފަހަރު އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްލޯމް ޕްރޮޖެކްޓް ގްރާންޓުގެ ގޮތުގައި އެވެ. މީގެ ތެރެއިން ޖެނެރަލް ޕްރޮޖެކްޓު ގްރާންޓަށް ފައިސާގެ އެހީގެ ގޮތުގައި ދެ ލައްކަ އާއި ތިން ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ސްލޯމް ޕްރޮޖެކްޓު ގްރާންޓުގެ ދަށުން ގިނަވެގެން ދޫކުރާނީ 50،000 ރުފިޔާ އެވެ.

ޖެނެރަލް ޕްރޮޖެކްޓް ގްރާންޑުގެ އެހީގައި ހިންގާ މަޝްރޫއުތައް އެންމެ ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. ސްލޯމް ޕްރޮޖެކްޓް ގްރާންޓުގެ އެހީގައި ހިންގާ މަޝްރޫއުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި އެހީ ހޯދަން ހުށަހެޅޭނީ މަދަނީ ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި އެއްގޮތަށް ރެޖިސްޓްރީކޮށް ހިންގާ ޖަމިއްޔާތަކަށެވެ. ޔޫތް މިނިސްޓްރީން ބުނީމި މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅާނެ ގޮތާއި އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް