ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިިސާ ހިނގާފައިވަނީ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7000 ފްލެޓް ހުންނަ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތ...

19 Jan 2021 | 06:37

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިިސާ ހިނގާފައިވަނީ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7000 ފްލެޓް ހުންނަ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވަމުން އެބަ ދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު11:08 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ސިފައިން ދަނީ މިހާރު މިކަމަށް ހަރަކާތްތެރި ވަމުންނެވެ. މި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށާއި، އަލިފާން ރޯވި އެކޮމޮޑޭޝަނަށް ވަނީ ގެއްލުން ލިބިފައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް