މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ އަކީ އޭނާގެ އަންހެނުން ތައްޔާރުކުރާ ރަހަމީރު އެތަށް ކާނާތައް ސޯޝަލް މީޑިއާގައި ޙިއްޞާކުރަމުން އަންނަ މީހެކެވެ. ހަމަ އެފަދައިން އޭނާގެ ޕޯސްޓްތަކަށް މީހުން ކުރާ ކޮމެންޓްތަކަށް ރައްދުދޭ މީހެއްގެ ގޮތުގައިވެސް ސާމީ ވަނީ މަޝްހޫރުވެފައެވެ.
މި ފަހުން މީހަކު ވަނީ އަދްނާން ސާމީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ޕޯސްޓްކޮށްފައިވާ ފޮޓޯއަކަށް ކޮމެންޓެއް ކުރުމުން އެއަށް ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން ޖުލައި މަހު ސާމީ ޕޯސްޓް ކޮށްފައިވަނީ އެމީހުންގެ ކެއުމެއް ކަމުގައިވާ "ނިހާރީ" ނަމަކަށް ކިޔާ ކެއުމެކެވެ. އަދި މި ޕޯސްޓަށް މީހަކު ކޮމެންޓް ކޮށްފައިވަނީ އެއީ "ނިހާރީ" ވައްތަރު ޖަހާ ކެއުމެއްވެސް ނޫންކަމުގައެވެ. އެއަށް މާ ގިނައިން ތެޔޮ އަޅާފައި ހުރީ ކަމުގައެވެ.
ކޮމެންޓް ކުރި މީހާއަށް އެތަނުގައި ހުރި ފަލަ މީހާ ނުފެނޭތޯ ސާމީ ސުވާލުކޮށްފައިވެއެވެ. އަދި އޭނާ އެވަރު ވީކީ ސެލެރީ ކައިގެން ނޫންކަމުގައި ފާހަގަކުރިއެވެ. އަދި އޭނާ އެގޮތަށް ފަލަވީ ވަރަށް ގިނައިން ކައިގެން ކަމުގައި ސާމީ ބުނެފައިވެއެވެ. ހަމަ އެއާއެކު އޭނާ ވަނީ ކުރީގައި އޭނާ ވަރަށް ފަލަކޮށް ހުރި އިރުގެ ފޮޓޯއެއްވެސް އެ ޕޯސްޓަށް ޙިއްޞާކޮށްފައެވެ.
އަދްނާން ސާމީ އަކީ ވަރަށް ޙަޤީޤަތަށް ވާހަކަ ދައްކާ މީހެއްގެ ގޮތުގައި ގިނަ މީހުން ފާހަގަކުރާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް