ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ޖެހޭގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލު ކޮށްފި އެވެ.
ލާމަރުޒަކީ ގާނޫނަށް ގެނެސްފައިވާ މިއިސްލާހުގައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރަން ޖެހެ އެވެ. އެ ބަދަލު ގާނޫނަށް ގެނައުމާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލްތަކަށް އިންތިހާބުކުރާ ފަސް ކައުންސިލަރުންގެ ތެރެއިން ދެ ގޮނޑިވަނީ އަންހެނުންނަށް އެކަނި ވާދަކުރެވޭ ގޮތަށް ހަމަޖައްސާފައި އެވެ.
މި މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. މި މައްސަލައިގަ އަޑު އެހުންތައް މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ނިންމާލާފައި އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން މޫސާ އަންވަރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހަށް މައްސަލަ ތާވަލުކޮށް އިއްޔެ ޗިޓު ފޮނުފޮނުވާފައި އެވެ. އޭނާ ވިދާޅުވީ އަޑުއެހުންތައް ނިންމާލާފައިވާތީ އެ ދުވަހު އޮންނާނީ މައްސަލައިގަ ހުކުމް ކުރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރު 1:45 ގައި އެވެ.
މި މައްސަލައިގެ އިތުރުން ކައުންސިލް އިންތިހާބާއި ގުޅޭ އިތުރު ދެ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައި އެބަޮތެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑީޑޭސީ ބާތިލް ކުރި މައްސަލަ އާއި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލަށް އިލެކްޝަންސްގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މީގެ ތެރެއިން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމާއި ގުޅޭ މައްސަލައިގެ ޝަރީއަތް އިއްޔެ ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް