ނިއު ޒީލެންޑްގެ ކާރުބާރު ބޮޑު މަގެއް 1 މަސް ދުވަހަށް ބަންދު ކުރީ ކީއްވެކަން އެނގިއްޖެއްޔާ ހައިރާންވާނެ

ނިއު ޒީލެންޑްގެ ކާރުބާރު ބޮޑު މަގެއް 1 މަސް ދުވަހަށް ބަންދުކުރަން ނިއުޒީލެންޑްގެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި މި ވަނީ އެތަނުގައި ދިރިއުޅެމުންދާ ސީ ލަޔަންތަކެއް ވިހައިގެން އ...

19 Jan 2021 | 05:29

ނިއު ޒީލެންޑްގެ ކާރުބާރު ބޮޑު މަގެއް 1 މަސް ދުވަހަށް ބަންދުކުރަން ނިއުޒީލެންޑްގެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި މި ވަނީ އެތަނުގައި ދިރިއުޅެމުންދާ ސީ ލަޔަންތަކެއް ވިހައިގެން އެތަކެތި ބޮޑުވުމަށް ފުރުޞަތު ދިނުމުނުގެ ގޮތުން ކަމުގައި ނިއުޒިލެންޑްގެ ސިޓީ ކައުންސިލުން ބޭރުގެ ނޫސްތަކަށް މަޢުލޫމާތުދީފައިވެއެވެ.

އެގޮތުން ސީ ލަޔަންތަކަކީ ކޮންމެ ދުވަހަކު އެ މަގު ހުރަސްކޮށް ކައިރީގައިވާ ގޮނޑުދޮށަށް ފައިބާ އެއްޗެއް ކަމާއި އަދި އެތަކެއްޗަށްވެސް ރައްކާތެރިކަން ދޭންޖެހޭކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

"ޖޯން ވިލްސަން އޯޝަން ޑްރައިވް" ނަމަކަށް ކިޔާ މަގު ކުރިއަށް އޮތް އެއް މަސް ދުވަހަށް ދުއްވާ އުޅަނދުތަކަށް ބަންދުކޮށްފައިވާނެ ކަމަށް ނިއު ޒިލެންޑްގެ ސިޓީ ކައުންސިލު ސޯޝަލް މީޑިއާގައިވެސް ޕޯސްޓްކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްނބަރ މަހުން ފެށިގެން އަނެއް އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ނިއު ޒިލެންޑްގައި ސީ ލަޔަންތަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް