އަންހެނަކު ނުގެއްލޭ، އެމީހާ ރުޅިއައިސްގެން އަމިއްލައަށް ގެއިން ނުކުތީ!

މާލޭ ގެއަކުން އަންހެނަކު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރިޔަސް އެމީހާ ނުގެއްލޭ ކަމަށް ފުލުހުން ބުނެފި އެވެ. އެމީހާ ގެއްލުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 8:30 ހާއިރު އެވެ. ފު...

19 Jan 2021 | 05:19

މާލޭ ގެއަކުން އަންހެނަކު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރިޔަސް އެމީހާ ނުގެއްލޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހާ ގެއްލުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 8:30 ހާއިރު އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބެލި ބެލުމުން އެނގުނީ އެ އަންހެން މީހާ ގެއިން ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. އޭނާ ގެއިން ނުކުމެގެން ދިޔައީ އާއިލާ އާއި މެދު ހުރި ހިތްހަމަ ނުޖެހުންތަކަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެއީ އުމުރުން 21 އަހަރުގެ ފާތިމަތު އުލްފާ އެވެ. އޭނާ ގެއްލިގެން އާއިލާއިން ހޯދަން ފެށީ އިއްޔެ ހެނދުނު އެވެ.

އުލްފާގެ އާއިލާއިން މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ގެއިން ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެން މީހާ "ބްލެކްމެއިލް" ކުރާތީ އޭނާ ކައިރިއަށެވެ. އެކަމަކު މި މައްސަލައިގަ އުލްފާ މީޑިއާގައި ބުނީ އޭނާ ގެއިން ނުކުމެގެން ދިޔައީ އާއިލާއިން ލޯބިވެރިޔާ އާއި ދުރު ކުރުވަން ސިހުރު ހަދަން އުޅޭތީ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް