ކަރީނާއަށް ލެވުނު ހެދުމަކުން މިފަހަރު މީހުން ކުރީ މަލާމާތް!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލާ ފެޝަން ތަކަކީ ވަރަށް ގިނަ މީހުން ޝައުގުވެރިވާ އަދި މީހުން ބަލައިގެންނަ ކަންކަމެވެ. ކޮންމެ މުނާސަބަތަކާއި ގުޅުވައިގެން އޭނާ ހެދުން އެ...

19 Jan 2021 | 04:52

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލާ ފެޝަން ތަކަކީ ވަރަށް ގިނަ މީހުން ޝައުގުވެރިވާ އަދި މީހުން ބަލައިގެންނަ ކަންކަމެވެ.

ކޮންމެ މުނާސަބަތަކާއި ގުޅުވައިގެން އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލަކީ ބޮލީވުޑްގެ އެހެން ބަތަލާއިންނަށް ހަމަކޮށްލެވޭނެ ކަމެއް ނޫނެވެ. ވަކި ތަނެއް ނޫނެވެ. ގޭ ގޯތިތެރެއަށް ނުކުމެ އުޅޭއިރުވެސް ކަރީނާ ހުންނާނީ ވަރަށް ސްޓައިލްގައި ހެދުން އަޅާފައިކަން އެނގެނީ ޕަޕާރާޒީން ނަގާ ފޮޓޯތަކުންނެވެ.

އެކަމަކު މިފަހަރު ކަރީނާއަށް ލެވުނީ މީހުން ވަރަށް މަލާމާތް ކުރާ ފާޑުކިޔުން އަމާޒުކުރުވި ވައްތަރެއްގެ ނުގުޅޭ ހެދުމެކެވެ.

ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާ ކަރީނާ އާއި ސައިިފް އަލީ ހާންގެ ދެމަފިރިން ވަނީ އެމީހުން ދިރިއުޅެމުން އައި ގެ ބަދަލު ކުރަން ނިންމާފައި އެވެ. މިހާރު ކުރިޔަށް ދަނީ އެ ގެއަށް ތަކެތި ބަދަލު ކުރުމުގެ މަސައްކަތެވެ.

ޕަޕަރާޒީން މިފަހަރު ނަގާފައިވާ ފޮޓޯތަކެއްގައި ފެންނަނީ ކަރީނާ އަލަށް ބަދަލުވާ ގޭ ގޯތިތެރޭގައި ތަކެތި ގެންދަން ވީ ގޮތް ބުނެދޭން ނުވަތަ ބަޔަކާއި ވާހަކަ ދައްކަން އަތް ކޮޅު ކޮޅަށް ހޫރާކަހަލަ ގޮތަކަށް ހުންނަ ތަނެވެ. އެ ފޮޓޯތަކުގައި އޭނާ ލައިގެން ހުރީ ކަޅު ހަރުވާޅަކާއި ކޮނޑުކެނޑިއެކެވެ.

ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާ މަލާމާތް ކުރީ ބަނޑުބޮޑު އިރު އެހާ ބާރުކޮށް ހާމަވާ ގޮތަށް ހެދުން އަޅާފައި ހުރުމުންނެވެ. ބައެއް މީހުން ބުނެފައިވަނީ އެހާ ބާރުކޮށް ހެދުން އަޅާފައި ހުރުމުން ބަނޑުބޮޑުވުމުން ހަށިގަނޑަށް އައިސް ހުރި ބަދަލުތައް ފާޅުވުމުން ހުތުރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް