ޢުމުރުން 6 އަހަރުގެ ލުހްޔާ މުހައްމަދު އިޝާން އަކީ އުފެދުމުގައި ކޯޑަލް ރިގްރެޝަން ސިންޑްރޯމް ނަމަކަށް ކިޔާ ބަލި ޖެހިފައިވާ ކުއްޖެކެވެ. ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިއުމުގެ ނިޒާމް އުފެދުމުގައި ނެތުމުން ހޮޅިލައްވައިގެން ވަރަށް ވޭނުގައި އުޅެންޖެހިފައިވާ ކުއްޖެކެވެ.
އެހެންކަމުން އުމުރުން އެންމެ ހަތް ދުވަސް ނުވަނީސް ބޮޑުކަމުދިޔުމަށް ގޮހޮރުން ބައެއް ނެރެ އަދި ކުޑަކަމުދިޔުމަށް ފޫޅާ ދިމާލުން ތިރީގައި ލޯވަޅެއް ހަދާފައިވެއެވެ. އަދި މިކަމަށް ފަރުވާއެއް ލިބޭތޯ އެތައް ފަހަރެއްގެ މަތިން އިންޑިއާއަށް ގޮސް އޮޕަރޭޝަން ކޮށްފައިވި ނަމަވެސް ލުހްޔާގެ ބައްޔަށް އަދި ފަރުވާއެއް ވަނީ ނުލިބިފައެވެ.
ތުއްތު ލުޙްޔާއަށް ޖެހިފައިވާ މި ބަލީގެ " ކޯޑަލް ރިގްރެޝަން ސިންޑްރޯމް" ގެ ސަބަބުން އުނގަނޑުން ތިރި އުފައްދައެއް ނުދެއެވެ. އަދި ދެދޮރުންކުރެއް ދޮރެއް ނެތުމުން ތުއްތު ލުޙްޔާއަކީ ކޮން ޖިންސެއްގެ ކުއްޖެއްކަންވެސް މިއަދާއި ހަމައަށްވެސް އެނގިފައެއް ނުވެއެވެ. ބޮޑަށް ވައްތަރުވަމުން އަންނަނީ އަންހެން ކުއްޖަކާކަމަށް ލުޙްޔާގެ މަންމަ ބުނެފައިވެއެވެ.
މިކަމަށް ފަރުވާއެއް ލިބޭތޯ އެކިފަހަރުމަތިން ވަނީ އަމްރީތާ ހޮސްޕިޓަލުން މަސައްކަތްކޮށްފައެވެ. ނަމަވެސް ކާމިޔާބީއެއް އަދި ވަނީ ނުލިބިއެވެ. އާސަންދައިން މިހާރުވަނީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލުން ފަރުވާލިބޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.
ލުޙްޔާގެ އެހީތެރިއެއްގެ ހުރުމުގެ ޚަރަދާއި ކެއުމާއި އަދި ދަތުރުގެ ޚަރަދަށްވެސް ބޮޑު ހޭދައެއްވާނެ ކަމަށާއި އަދި ޢާއިލާގައި މިވަގުތު އެވަރުގެ ތަނަވަސްކަމެއް ނެތުމުން އެދެނީ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ފަރާތުން ދީލަތި އެހީއަކަށެވެ.
ފައިސާގެ އެހީ ވެވޭނެ ތަނަވަސްކަމެއް ނެތް ނަމަ ޕޯސްޓް ޝެއަރކޮށްދީގެން ވީހާވެސް ގިނަ ބޭފުޅުންނަށް މި ޕޯސްޓް ފޯރުކޮށްދިނުމަށްވެސް އާއިލާއިން އެދިފައިވެއެވެ. މީގެ އިތުރުން ކިތަންމެ ކުޑަ އެހީއެއް ވެވެން އޮތް ނަމަވެސް އެ އެހީއަކީ މިވަގުތު އާއިލާއަށް ނުހަނު ބޮޑު އެއްޗެއް ކަމުގައި އާއިލާއިން ފާހަގަކޮށްފައިވެއެވެ.
ލުޙްޔާއަށް އެހީވުމަށް
މަންމަ: މަރްޔަމް އަވްލީން
އެކައުންޓް ނަމްބަރު:
Account number 7715505470101 bml
(MARIYAM AVLEEN. (Luhya ge mamma
އިތުރު މަޢުލޫމާތު: )ލުޙްޔާގެ މަންމަ. 7878226 /7911712
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.
"އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.” [رواه مسلم في صحيحه: 2699]
ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.
މީސްތަކުންނަށް އޯގާވެރިވާ މީހުންނަށް އޯގާވަންތަ އިލާހު އޯގާވެވޮޑިގަންނަވާނެތެވެ. ބިންމަތީގައިވާ މީސްތަކުންނަށް އޯގާވެރިވާށެވެ. އުޑުގައިވާ ފަރާތުން ތިޔަބައިމީހުންނަށް އޯގާވެވޮޑިގަންނަވާނެތެވެ". رواه الترمذي
االله ގެ މަގުގައި ހޭދަކޮށް ދީލަތި ވެ އުޅޭ މީހުންނަށް ޤިޔާމަތްދުވަހު ގިނަގުނަ ދަރުމަ ހުއްޓެވެ.
البقرة ސޫރަތުގެ 261 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.
މާނައަކީ: ''ތިމާމެންގެ މުދާ، االله ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މސާލެވެ. އަދި ދަންނައެ! االله ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، االله އަކީ، ނުހަނު ތަނަވަސްކަން ދެއްވާ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.''
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. آمیـــــــــــن
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް