ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 އިންސައްތަ ނިމިއްޖެ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 އިންސައްތަ ނިމިފައި ވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. ފަރެސްމާތޮޑާ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮ...

19 Jan 2021 | 04:39

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 އިންސައްތަ ނިމިފައި ވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ފަރެސްމާތޮޑާ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް ވަނީ 16 ޖެނުއަރީ 2021 ވަނަ ދުވަހު ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭއެއް އެޅުމާއި، އޭޕްރަންއެއް އެޅުމާއި، ސަރވިސް ރޯޑް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މޮބިލައިޒް ކޮށްފައިވަނީ 2021 ޖަނަވަރީ ފުރަތަމަ ދުވަހުއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައި ވަނީ، 2021 ނޮވެމްބަރ 11 ވަނަ ދުވަހުގެ ކުރިން މި މަޝްރޫޢު ނިންމަން މަސައްކަތް ލކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް