ޅ. އަތޮޅުގެ ބައެއް ރަށްތަކުގައި ހަތިޔާރާއި އެކު ސިފައިންގެ ތަމްރީންތަކެއް

ޅ. އަތޮޅުގެ ބައެއް ތަށްތަކުގައި ހަތިޔާރާއި އެކު ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތީރިޓީން ބުނީ، އެމްއެންޑީއެފުން މި ތަމްރީންތައް ކުރިޔަށް ގެންދާނީ މި މަހުގެ ...

19 Jan 2021 | 04:10

ޅ. އަތޮޅުގެ ބައެއް ތަށްތަކުގައި ހަތިޔާރާއި އެކު ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތީރިޓީން ބުނީ، އެމްއެންޑީއެފުން މި ތަމްރީންތައް ކުރިޔަށް ގެންދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ދުވަސްތަކުގައި، ކޮންމެ ދުވަހަކު 17:00 އިން 18:00 އަށް ޅ.މާފިލާފުށި، ޅ.މާކޯ، ޅ.މެދުފުށި އަދި ޅ،މީދާހުރާ ގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށް، ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

މި ތަމްރީން ތަކުގައި ޅ. އަތޮޅުގެ ބައެއް ރަށްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އަންގާފައި ވާއިރު، ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިފައިން ވަނީ މިފަދަ ތަމްރީންތަކެއް ލ. އަތޮޅު ގައާއި މާލޭގައި ވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ.

ޅަ. އަތޮޅުގެ ބައެއް ސަރަހައްދުތަކުގައި ތަމްރީނުތައް ހިންގަމުން ގެންދާނެތީ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް