ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 18 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. މިއީ މަޝްރޫޢަކީ...

19 Jan 2021 | 03:52

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 18 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މިއީ މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ބިލަތްފަހީގެ އިތުރުން ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %12 ވެސް އިއްޔެ ނިމިފައި ވާކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %19 ވަނީ ނިންމާފައެވެ.

ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ 2020 އޮކްޓޯބަރ 22ގައެވެ.

މީގެ އިތުރުން މި މަހު 17 ވަނަ ދުވަހު ވަނީ ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %32 ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %96 އާއި، މިހާރު ހަދާފައިހުރި ނެރުފުންކުރުމުގެ މަސައްކަތުގެ %75 ވެސް ނިމިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް