ވޯކް ވިސާއަށް އެދޭ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރަން ފަށައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބިޒްނަސް އަދި ސްޕެޝަލް ވިސާ އޮންނަ ބިދޭސީންގެ ތެރެއިން ވޯކް ވިސާއަށް ބަދަލު ކުރާ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރަން ފަށައިފި އެވެ. ބިޒްނަސ...

19 Jan 2021 | 02:47

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބިޒްނަސް އަދި ސްޕެޝަލް ވިސާ އޮންނަ ބިދޭސީންގެ ތެރެއިން ވޯކް ވިސާއަށް ބަދަލު ކުރާ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރަން ފަށައިފި އެވެ.

ބިޒްނަސް އަދި ސްޕެޝަލް ވިސާ އޮންނަ މީހުން ވޯކް ވިސާއަށް ބަދަލު ކުރަން ހަމަޖެއްސީ ކޯވިޑް-19 ގެ ސަބަބުން، ބައެއް ގައުމުތަކުގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވާތީ ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކެއް ތިބުމުން ކަމަށެވެ. އެފަދަ ބިދޭސީންނަށް ރާއްޖޭގައި ތިބެވޭނީ އެމީހުންގެ ވިސާ ވޯކް ވިސާއަށް ބަދަލުކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 30 ގެ ނިޔަލަށެވެ.

އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށަހަޅަން ޖެހެނީ އެކްޕެސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ. އެ މިނިސްޓްރީން ބުނީ މިކަމަށް އެދޭ ބިދޭސީންނަކީ މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންނަށް ވާން ޖެހޭނެ ކަމަށެވެ.

އެ ފަރާތްތަކަކީ މިއަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހުގެ ކުރިން ސްޕެޝަން ނުވަތަ ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ.

ބިޒްނަސް ވިސާ ދޫކުރަނީ ރާއްޖޭގައި ދިވެހިންނާއި ގުޅިގެން ވިޔަފާރި ކުރާ ބިދޭސީންނަށެވެ. ސްޕެޝަލް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް