ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އިން ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ނޯޓިސް ބާތިލުކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އިން ވަޒީފާއިން ވަކިކުރި މީހުންގެ ނޯޓިސް ބާތިލުކޮށްފި އެވެ. އެ ހިޔާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 21 މުވައްޒަފަކު ވަކިކުރަން ވަނީ ނޯޓިސް ފޮނުވާފަ އެވެ. އަދި އެ...

18 Dec 2021 | 18:48

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އިން ވަޒީފާއިން ވަކިކުރި މީހުންގެ ނޯޓިސް ބާތިލުކޮށްފި އެވެ.

އެ ހިޔާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 21 މުވައްޒަފަކު ވަކިކުރަން ވަނީ ނޯޓިސް ފޮނުވާފަ އެވެ. އަދި އެ ނޯތިސް ޖެންޑަރ މިނިސްޓްރީން ބާތިލްކުރީ މިއަދު އެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 30 ގައި އެ 21 މުވައްޒަފުންނަށް ނޯޓިސް ފޮނުވީ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިން ރަށްރަށުގައި ގާއިމްކޮށްފައިވާ އަމާން ވެށިތަކަށް ބަދަލުކުރުމުން، އެ މަރުކަޒުގެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމުން ނެވެ.

އެހެންވެ، ނޯޓިސް ދީ ވަޒީފާއިން ވަކިކުރީ އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދިނުމަށް ފަހު، ބާކީ ތިބި 21 މީހުންނަށެވެ.

ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ މުވައްޒަފުން ވަކިކުރުމުގެ ނޯޓިސް ބާތިލްކުރަން ޖެންޑަރ މިނިސްޓްރީއަށް އަންގާފަ އެވެ.

މުވައްޒަފުން ވަކިކުރުމުގެ ޕްރޮސެސް ގެންދިއުމުގައި އިޖުރާއަތްތައް ޖެންޑަރ މިނިސްތްރީން އެންމެ ރަނގަޅަށް ފުރިހަމަކޮށްފައިނުވާ ކަމަށް ވެސް ސީއެސްސީން ބުނެފައި ވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ބާކީ 21 މީހުން ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވީ ސިވިލް ސަރވިސްގެ އުސޫލުގެ ދަށުން ކަމަށެވެ. އަދި ހިޔާގެ 43 މުވައްޒަފަކު އެކި ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމިއްލައަށް ބޭނުންވެގެން ހަތް މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް