ޔޫނިއަން ސައިކަލިން އިންޓަނޭޝަނަލް ލެވެލް 1 އަދި 2 ގެ ކޯޗިންގ ކޯހުގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
ސައިކަލް ފެޑަރޭޝަން އޮފް އިންޑިޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މި ކޯހުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ބައިސިކަލް އެސޯސިއޭޝަން މޯލްޑިވްސް ޖެނެރަލް ސެކްޓެރީ އަސްމާ ހަސަނާއި މެންބަރު މުހައްމަދު ޝާކިރެވެ.
މި ޑިސެމްބަރ މަހުގެ 14 ން 22 އަށް ނިއުލިއްދީގައި މި ކޯސް ކުރިއަށް ގެންދަނީ އިންޑިޔާގެ ޔޫސީއައި ވަރލްޑް ސެޓެލައިޓް ސެންޓަރުގަ އެވެ. ސައިކަލިންގ ކޯޗިންގ ކޯސް ކުރިއަށްދަނީ ދިއްލީގައި ހުންނަ އިންދިރާ ގާންދީ ސްޓޭޑިއަމް އެވެ.
މި ކޯހުގައި އޭޝިޔާގެ 10 ގައުމަކުން 15 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.
މިއީ ބައިސްކަލް ދުއްވުންފަދަ ޓްރެއިނިންގ ޕްރޮގްރާމެއްގައި ރާއްޖޭން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް