ޔާމީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ވާހަކަ ދޮގުކޮށްފި އެވެ. އެ ދާއިރާގެ ގޮނޑި ހުސްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަ ...

18 Dec 2021 | 18:24

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ވާހަކަ ދޮގުކޮށްފި އެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބައި އިލެކްޝަން އިއުލާނުކޮށް އަންނަ ފެބްރުއަރީ ފަސް ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފަ އެވެ.

އެ ގޮނޑިއަށް ޔާމީން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށް ވާހަކަ ދެކެވުނީ ސޯޝަލް މީޑިއާގައި އެވެ.

މި ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ.

އިންތިހާބުގައި އެ ޕާޓީން ވާދަ ކުރުމާއި މެދު އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ. ވެރިކަން ކުރާ އެމްޑީޕީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީ މަހުގެ27 ވަނަ ދުވަހު ބާއްވަން ނިންމައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މަރުހޫމް ހުސައިން ވަހީދު 2019 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވެވަޑައިގެންފަ ވަނީ އެމްޑީޕީގެ ޓިކެޓުގައި އެވެ. އަދިވެސް އެ ދާއިރާގައި އެމްޑީޕީގެ ތާއިދު ވަރަށް ބޮޑެވެ.

މި އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީސީއަށް ފޯމު ހުށަހެޅުމުގެ މުއްދަު ހަމަވާނީ މިމަހުގެ30 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް