މިއަދު އަލަށް 131 މީހުން ޕޮޒިޓިވް، އެކްޓިވް ކޭސްގެ އަދަދު ދެހާހުން މައްޗަށް

ރާއްޖެއިން މިއަދު އަލަށް 131 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން 87 މީހުންނާއި މާލެއިން 22 މީހުންނާއި ރިސޯޓަކުން 22 މީހުން ނެވެ. މިއާއެކު 93،864 މީހުންނަށް ވަނީ ރ...

18 Dec 2021 | 17:49

ރާއްޖެއިން މިއަދު އަލަށް 131 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން 87 މީހުންނާއި މާލެއިން 22 މީހުންނާއި ރިސޯޓަކުން 22 މީހުން ނެވެ. މިއާއެކު 93،864 މީހުންނަށް ވަނީ ރާއްޖެއިން ކޮވިޑު ޖެހިފަ އެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑު ބައްޔަށް ފަރުވާ ހޯދަމުންދާ 2،019 މީހުން މިވަގުތު އެބަތިއްބެވެ. މީގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.

ފާއިތުވި 24 ގަޑިއިރު 168 މީހުން ބަލިން ރަނގަޅުވި އިރު، ރާއްޖެއިން މި ބައްޔަށް ފަރުވާ ދޯދި 91،573 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ފާއިތުވި 24 ގަޑި އިރު، 4،434 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފަ އެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 259 މީހަކު ވަނީ ނިޔާވެފަ އެވެ.

ކޯވިޑްގެ އައު ވޭރިއެންޓް "އޮމިކްރޯން" ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރި އަދި ރާއްޖެއިން ވެސް މި ވޭރިއަންޓު ފެނިފައިވާތީ، ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށް ސަމާލުވުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޚާއްސަކޮށް ވެކްސިން ޖެހުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް