ކްލަބް މޯލްޑިވްސް ކަޕް: ވުމަން ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެމްޕީއެލް ހޯދައިފި

ކްލަބް މޯލްޑިވްސް ކަޕްގެ ވުމަން ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އެމްޕީއެލް ހޯދައިފި އެވެ. ފާއިތުވެ ދިޔަ ދެ ފަހަރުގެ ޗެމްޕިއަން މި އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ވެމްކ...

18 Dec 2021 | 17:16

ކްލަބް މޯލްޑިވްސް ކަޕްގެ ވުމަން ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އެމްޕީއެލް ހޯދައިފި އެވެ.

ފާއިތުވެ ދިޔަ ދެ ފަހަރުގެ ޗެމްޕިއަން މި އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ވެމްކޯ އާ ބައްދަލުކޮށްގެން ނެވެ.

އެ ޓީމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 2018، 2019 ވަނަ އަހަރު ވެސް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން މިއަހަރަކީ އެތަށި އެމްޕީއެލް އަށް މިލްކުވި އަހަރެވެ.

ވެމްކޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު އެމްޕީއެލުން 7-4 ގެ ނަތީޖާއަކުން ނެވެ. މި މެޗުގައި ފާތިމަތު ޖޫޒާން ޒަރީރް ވަނީ ފަސް ގޯލު ޖަހާފަ އެވެ. އެޓީމުގެ އެހެން ގޯލުތައް ޖަހައިދިނީ ކެޕްޓަން ފާތިމަތު ޝާލިޔާ އާއި ފާތިމަތު ޝާމިލާ އެވެ.

އެމްޕީއެލަކީ ކްލަބް މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ވެމްކޯގެ ތައިލެންޑް ތަރި ޑަރިކާ ވަނީ ހެޓްރިކް ހަދައިފައެވެ. ވެމްކޯގެ އަނެއް ގޯލު ޖަހައިދިނީ މަރިޔަމް ނޫރާ އެވެ.

މިއަހަރުގެ 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ޝާލިޔާ އެވެ. އެންމެ ގިނަ ގޯލު ޖެހީ، 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުން އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާއެވެ. ފެއާ ޕްލޭ ޓީމުގެ ޓްރޮފީ ޓްރޭޑް ކްލަބަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިއަކީ އެމްޕީއެލްގެ މަދީނާ، ޝާލިޔާ އަދި ގޯލްކީޕަރު އަޒަަމް އަދި ވެމްކޯގެ ޑަރިކާ އާއި ކަސޭސީ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅޭނީ މިރެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅޭނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް