ބޮލީވުޑްގައި ކުރިއަރަމުން އަންނަ އައިޓަމް ގާލް އަދި ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީގެ ކުރިޔަށް އޮތް ލަވައިގެ ޝޫޓިން ތެރެއިން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އެބަދެ އެވެ.
ނޯރާ އަކީ އާންމުކޮށްވެސް މީހުންގެ ސަމާލުކަން ހޯދަން ގިނަ ކަންކަން ކުރާ މީހެކެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ޕަބްލިކް ރިލޭޝަން ޓީމު މެދިވެރިކޮށް ނޯރާއަށް އާންމުންގެ ސަމާލުކަން ހޯދުވަން ކުރާ ބައެއް ކަންކަމުން އޭނާ ލަދުގަންނަން ޖެހިފަވެސް އެބަހުއްޓެވެ.
މިފަހަރު އާންމުވެގެން އުޅޭ ވީޑިއޯ އަކީ ނޯރާ އާއި ގުރޫ ރަންދަވާގެ ކުރިޔަށް އޮތް ލަވަ ކަމަށްވާ "ޑާންސް މޭރީ ރާނީ"ގެ ޝޫޓިން ތެރެއިން އޭނާ އަށިގަނޑަކަށް ލައިގެން ފިރިހެނުންތަކެއް ދާތަނެވެ. އެ ގެންދިޔަ އިރު ނޯރާ މައްޗަށް ބޯހިއްލައިގެން ކޮޅު ކޮޅަށް ބަލަން އޮވެ އެވެ.
https://www.youtube.com/watch?v=fszko05k4Po
މި ވީޑިއޯ އާންމުވުމުން އެންމެ ހީކުރީ ނޯރާއަށް ޝޫޓީން ތެރެއިން އަނިޔާވީ ކަމަށެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އޭނާ އަށިގަނޑަށް ލައިގެން ގެންދަން ޖެހުނީ މާމެއިޑަކަށްވާންވެގެން ލައިގެން އުޅުނު ހެދުމުގެ ސަބަބުން ހިނގާބިނގާ ނުވެވޭނެތީ އެވެ.
ނޯރާގެ ގިނަ ސަޕޯޓަރުން ވަނީ އޭނާ މަސައްކަތަށް ދޭ އަހައްމިއްޔަތަށް ތައުރީފުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް