ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ފައިޒާ ވެކްސިންގެ އައު ޝިޕްމެންޓެއް ގެނެސްފި އެވެ.
ޔުނިސެފް މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒްގެ އައު ޝިޕްމަންޓެއް ރާއްޖެއަށް މިއަދު ގެނެސްފައިވާ ކަމަށެވެ. އަދި މި ޝިޕްމެންޓާއެކު ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ދެވޭނެ ކަމަށެވެ. އަދި ބޫސްޓަރ ޑޯޒް ޖަހަން ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
https://twitter.com/UNICEFMaldives/status/1472165291408822273?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1472165291408822273%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F132342
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާ އިރު، ބޫސްޓަރ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަމުން ގެންދަނީ ފައިޒާ ވެކްސިނެވެ.
ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ހަ މަސް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ބޫސްޓަރ ޑޯޒު ޖެހުމަށް ކުރިން ނިންމިނަމަވެސް މިހާރު ބޫސްޓަރ ޑޯޒް ޖަހަމުންދަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.
ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ނެވެ.
ރާއްޖެއިން މިހައިތަނަށް 22،093 މީހުން ވަނީ ވެކްސިންގެ ބޫސްޓަރ ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް