ދިވެހި އަދަބީބަސް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ދިވެހި ވަންތަ ތަސައްވުރަކާއެކު، އެސްޓީއޯ އިން 2022 ވަނަ އަހަރުގެ ކަލަންޑަރު ނެރެފި އެވެ.
މި ކަލަންޑަރު ނެރެފައިވަނީ އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރެއްގަ އެވެ. ކަލަންޑަރު ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.
ކަލަންޑަރު ނެރެދެއްވުމަށް ފަހު އަމްރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަސްތައް ބޭނުންކުރާއިރު ވެސް އަދަބީ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ. އަދި އެ ބަސްތަކަކީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކާއެކު އައިސްފައިވާ ބަސްތަކެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަމްރު ވަނީ އަންނަ އަހަރުގެ ކަލަންޑަރު ފަރުމާކުރުމުގައި ދިވެހި އަދަބީ ބަސް އާލާކޮށް، ދިރުވުމަށް އިސްކަންދިން ސަބަބު ހާމަކުރައްވާފަ އެވެ.
އެގޮތުން އަމްރު ވިދާޅުވީ ދިވެހިންގެ ތެޜޭގައި ބޭނުންކުރާ މިސާލު ބަހާއި ހަރުބަސްތަކަކީ ވަރަށް ޒަމާނުއްސުރެ އައިސްފައިވާ ބަސްތަކެއް ނަމަވެސް, ދުނިޔެ ބަދަލުވެ, ޚިޔާލާއި އައު ކަންކަން އަންނަ އިރު, ހަރުބަހަކީ ވެސް އާ ވަމުން އަންނަ އެއްޗެއްގެ ގޮތުގައިވުން މުހިންމު ކަމަށެވެ.
"އައު ހަރުބަސްތަކާއި މިސާލު ބަސްތައް އުފެއްދި އިތުރުވާންޖެހޭ. އަޅުގަނޑުމެންތެ ތެރޭގައި އެފަދަ ބައުވަރު ބަސްތައް އެބަހުރި." އަމްރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް