ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ކަޒްމިކް އިންޓަނޭޝަނަލްއިން ފީޗާ ފިލްމު އުފައްދަން ތައްޔާރުވެއްޖެ އެވެ.
އެެކަން އެތަނުގެ އިންސްޓަގްރާމްގައި ރަސްމީކޮށް ހާމަކޮށް ބުނެފައިވަނީ ފުރަތަމަ ފީޗަރ ފިލްމަކީ ”ޖޯޑެއްގެ ސާފު ލޯބި“ ކަމަށެވެ. މި ފިލްމާއި ގުޅޭ މައުލޫމާތުތަކަކީ އަދި ސިއްރެކެވެ.
ކަޒްމިކުން ބުނީ އެ ފިލްމަކީ ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓު ކުރާ ފިލްމެއް ކަމަށެވެ. އަދި ޕްރޮޑިއުސަރަކީ އާސިމް އަލީ އެވެ.
އިއްލެ އާއި އާސިމް އަކީ2019 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ބަވަތި" ގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރެވެ.
އިއްލެ މީގެ ކުރިންވެސް ކަޒްމިކާއި އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ފިލްމެއް ގެނެސްދީފައެވެ. މިހާތަނަށް ”މަޒްލޫމް“ގެ ތިން ބައި ގެނެސްދީފައިވާއިރު، މިހާރު ކުރަމުން ދަނީ އޭގެ ފަހު ބައި ”ހިންތަ“ ގެ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް