އެމް.ޑަބްލިޔު.އެސް.ސީ އިން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
މިމަޝްރޫޢު ގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު .އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް އާއި. ޅ.އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުالله އަދި އޮޅުވެލިފުށި ކައުންސިލުގެ މުޙައްމަދު ޢާޡިމް އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތު ގައި ފެން ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އޮޅުވެލިފުށްޓަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %35 މަސައްކަތް ވަނީ ނިމިފައި ކަމުގައި އެކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން އޮޅުވެލިފުށީގައި 9.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ އެވެ. އަދި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢު ގައި ހިމެނޭ ނަރުދަމާ ނިޒާމު ގެ މަސައްކަތް ގެ ދަށުން އެ އޮޅުވެލިފުށީގައި 6.56 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް 250 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 80.08 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް