ކަށިކެޔޮ އަކީ އަޅުގަނޑުމެންގެ މި ރާއްޖެއިންވެސް ވަރަށް އާންމުކޮށް ލިބެންހުންނަ މޭވާގެ ބާވަތެކެވެ. ކަށިކެޔޮ ގަހުގައި އަލާ މި މޭވާގެ ތަފާތު ބާވަތް ރާއްޖެއިންވެސް ލިބެންހުރެއެވެ. އަނގަޔަށް މީރު ގިނަ ފައިދާތަކެއް ލިއްބައިދޭ ކަށިކެޔޮ އަކީ ދިވެހިން އާންމު ކޮށް ކައިއުޅޭ މޭވާ އެކެވެ. ކަށިކެޔޮ އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. މީގެ އިތުރުން ބައެއް ކާތަކެތި ހަދައިގެންވެސް ބޭނުންކުރެއެވެ. އެގޮތުން ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބަތްޕެން ހަދައިގެންނާއި ކަށިކެޔޮ ބަތް ކައްކައިގެން ބޭނުންކުރެއެވެ.
ކަށިކޭލުން ލިބޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު، ކަށިކެޔޮ ގަހުގެ ގިނަ ބައިތަކަކަކީ އޭގެއިން ފައިދާތަކެއް ލިބޭ ބައިތަކެކެވެ. އެގޮތުން ކަށިކެޔޮ މުލަށް ބަލާއިރު، ކަށިކެޔޮ މުލުގައި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެއެވެ. އެގޮތުން ޕޮލީފީނޯލް އަދި ފްލޭވެނޮއިޑް ތައް އަދި ކެމިކަލްތައް ވަނީ މީގެ މުލުން ސައިންސްވެރިން ހޯދާފައެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.
ހަމަ އެގޮތަށް ކަށިކެޔޮ ފަތައް ބަލާއިއިރު، ކަށިކެޔޮ ފަތުގައި ފައިޓޯކެމިކަލްތަކާއި އެންޓި އޮކްސިޑެންޓްތައް އެކުލެވެއެވެ. އޭގެ ތެރޭގައި، ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނެއެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.
މީގެ އިތުރުން ކަށިކެޔޮ އަކީ ޖުޒާމު ބަލި، ކަށިވިދުރި ، ފާރުގަނޑު ފަސޭހަވުމަށް ވެސް އެހީތެރި ވެދޭ އެއްޗެކެވެ. މީގެ އިތުރުން ހުންތިރިކުރުމަށާއި ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ކަށިކެޔޮ އިން ހައްލު ހޯދައިދެއެވެ.
މީގެ އިތުރުން ކަށިކޭލަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޖުޒާމު ބަލިފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. މީހެ އިތުރުން ކަށިކެޔޮ ބޭނުންކުރުމަކީ ހަކުރު ބަލިޖެހުން ދުރުކޮށްދީ، އަދި ހަކުރު ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް