"އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން ޗައިނާއިން ބުނީ ދާހިލީ ކަންކަމާ ނުބެހޭ ކަމަށް!

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ފުޅާ ކުރަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ފަންޑު ކުރަނީ ޗައިނާއިންތޯ ސުވާލު ކުރުމުން ޖަވާބު ދިފި އެވެ. މި ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއ...

18 Dec 2021 | 10:28

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ފުޅާ ކުރަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ފަންޑު ކުރަނީ ޗައިނާއިންތޯ ސުވާލު ކުރުމުން ޖަވާބު ދިފި އެވެ.

މި ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. މި ސުވާޅު ޓުވިޓާގައި އޭނާ ކުރެއްވީ އިއްޔެ އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ޗައިނާ އެމްބަސީ ދޮރުމަތީގައި އެއްވުމުގެ ބައިވެރިން ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ޝިޔާންގެ ޓުވީޓަށް ޖަވާބު ދެމުން އިންޑިއާ އެމްބަސީން ބުނެފައިވަނީ ދާހިލީ ކަންކަމުގެ ތެރެއަށް އެ ގައުމުން ނުވަންނާނެކަމަށެވެ. އަދި ރާއްޖެއާއި އެ ގައުމާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުންޏެވެ.

އެކަމަކު ކެމްޕެއިނަށް ފަންޑު ކުރާ ކަމަށް ވިދާޅުވެފައިވާ ވާހަކައަށް އެމްބަސީން ސީދާ ޖަވާބު ދީފައެއް ނުވެ އެވެ.

https://twitter.com/ChinaEmbassy_MV/status/1471887253282574337

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރާ މުޒާހަރާތަކެކެވެ. އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އިންޑިއާގެ75 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް