ޕްރިޔަންކާ ނަމުން "ޖޯނަސް" ކަނޑާލީ ހުޅަނގު މީޑިއާއަށް އަމާޒުކޮށް!

ޕްރިޔަންކާ ޗޯޕްރާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގެ ނަމުން "ޖޯނަސް" ކަނޑާލީ ހުޅަނގު މީޑިއާއަށް އަމާޒުކޮށް ކަން ކަށަވަރުވާ ވާހަކައެއް އޭނާ ބުނެފި އެވެ. މިހާރު ހޮލީވުޑްގައިވެސް މަޝްހޫރު ޕްރިޔަންކާ މަ...

18 Dec 2021 | 09:54

ޕްރިޔަންކާ ޗޯޕްރާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގެ ނަމުން "ޖޯނަސް" ކަނޑާލީ ހުޅަނގު މީޑިއާއަށް އަމާޒުކޮށް ކަން ކަށަވަރުވާ ވާހަކައެއް އޭނާ ބުނެފި އެވެ.

މިހާރު ހޮލީވުޑްގައިވެސް މަޝްހޫރު ޕްރިޔަންކާ މަޝްހޫރިވީ ހޮލީވުޑަށް ގޮސް ނުވަތަ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރި ފަހަކުން ނޫނެވެ. އިންޑިއާގެ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ޕްރިޔަންކާ ފުރަތަމަ މުޅި ދުނިޔެއަށް ވިދާލީ 2000 ވަނަ އަހަރު މިސް ވޯލްޑްގެ މަގާމު ހޯދުމުންނެވެ.

ޕްރިޔަންކާ އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި ހުޅަނގު މީޑިއާ، އޭނާއަކީ ނިކް ޖޯނަސްގެ އަންހެނުން ގެ ނަމުން ތައާރަފު ކޮށްދޭން ޖެހޭ ސަބަބެއް ނެެވެ. އޭނާ މިހެން ބުނީ މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ހޮލީވުޑްގެ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ޕްރޮމޯޝަންގެ ތެރެއިން ނޫހަކުން އޭނާ ސިފަކޮށްދިނުމުގެ ގޮތުން ނިކް ޖޯނަސްގެ އަންހެނުން ކަމަށް ބުނެފައިވާތީ އެވެ.

ޕްރިޔަންކާ ބުނީ ހޮލީވުޑްގެ އެންމެ އައިކޮނިކް އެއް ފްރެންޗައިޒްގެ ފިލްމެއް ތަރިއެއްގެ ގޮތުގައި ޕްރޮމޯޓްކުރާ އިރު އޭނާ އަކީ ވަކި މީހެއްގެ އަންބެއްގެ ގޮތުގައި ސިފަ ކުރުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ. ޕްރިޔަންކާ ތުހުމަތުކުރި ގޮތުގައި އެފަދަ ގޮތަކަށް މީޑިއާއަކުން އޭނާއާ "ދިމާކުރީ" އަންހެނަކަށް ވާތީ ކަމަށާއި އަންހެނަކަށް ވާތީ އޭނާގެ އަމިއްލަ އައިޑެންޓިޓީ ގެއްލުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕްރިޔަންކާ ވަނީ އެ ނޫހުން އެގޮތަށް އާޓިކަލްގައި ލިޔަން ޖެހުނު ސަބަބު ސާފުކޮށްދިނުމަށް އެދިފަ އެވެ. އަދި ބޭނުން ނަމަ އޭނާގެ ބައޯ އަށް އައިއެމްޑީބީ ލިންކް ވެސް ދެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އުމުރުން 39 އަހަރުގެ ޕްރިޔަންކާ ވަނީ މިސް ވޯލްޑުގެ ޝަރަފާއި އެކު ބޮލީވުޑަށް ނުކުމެ އެތައް ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އަދި 2015 ވަނަ އަހަރު ހޮލީވުޑަށް ނުކުތް ފަހުން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް