އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ދ ސައިކަލު ބުރުން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.
އިއްޔެ އިދިކޮޅުން މުޒާހަރާކޮށް ސައިކަލު ބުރަށް ނުކުތީ ފުލުހުން އެ ހަރަކާތް ނުބާއްވަން އިންޒާރު ދީފައި ވަނިކޮށެވެ. އިއްޔެގެ މުޒާހަރާއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރޭގެ ވަގުތެއްގައި ދެމީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނަކީ އިންޑިއާ ސިފައިން ރާއްޖޭގަ ގާއިމްވެ ތިބުމާއި ދެކޮޅަށް އިދިކޮޅުން ފަށާފައިވާ ކެމްޕެއިނެކެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ވުމާއި އެކު މި ކެމްޕެއިން ފުޅާކޮށް ވަރުގަދަ ކޮށްފައިވާއިރު އެމަނިކުފާނު އިއްޔެ ވަނީ ކ. ތުލުސްދޫ އާއި ގުރައިދޭއަށް ވަޑައިގެން އެ ކެމްޕެއިންގެ ހަރަކާަތްތައް ހިންގަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް