ރާއްޖެއިން 26 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހ...

18 Dec 2020 | 17:20

ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 14 މީހަކާއި އަތޮޅުތެރެއިން މީހަކާއި ރިސޯޓުތަކުން ތިން މީހަކާއި ސަފާރީ ނުވަތަ ޔޮޓުތަކުން އެކަކެވެ.

އެހެންނަމަވެސް މިއަދު ޕޮޒިޓިވްވި ދިވެހީންނާއި ބިދޭސީންގެ އަދަދެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 13،444 އަށް ވަނީ އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 8 މީހަކު މިބަލިން ރަނގަޅުވެފައިވާ އިރު، މި ބަލިން ފަސޭހަވީ މީހުންގެ އަދަދު 12،836 އަށް ވަނީ އަރާފަ އެެވެ.

553 މީހަކަށް ބައްޔަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުތަކުގައި 47 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ވަނީ މަރުވެފައެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް