ޗައިނާ އަދި އޮސްޓްރޭލިއާގެ ގުޅުން ހީނަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ދެގައުމުގެ ގުޅުން ހީނަރުވެފައިވަނީ ޗައިނާ ސަރުކާރުގެ ތަރުޖަމާނު އޮސްޓްރޭލިއާ ސިފައިންގެ މީހެއް އަފްގާނިސްތާނު ކުޑަ ކުއްޖެގެ ކަރުގައި ވަޅި ޖައްސާފައިވަނިކޮށް ނަގާފައިވާ ފޮޓޯ އެއް ޓްވީޓުކުރި ހިސާބުން ނެވެ.
ޗައިނާ ސަރުކާރުގެ ތަރުޖަމާނު ކުރި ޓްވީޓުގައި ވަނީ އޮސްޓްރޭލިއާ ސިފައިންގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މިއީ ޓެރެރިޒަމްއަށް ބާރުދޭފަދަ އަމަލެއް ކަމަށް ބުނެފަ އެވެ.
ޗައިނާ ތަރުޖަމާނުގެ މި ޓްވީޓަށް ފްރާންސްގެ އިސް އޮފިޝަލުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ޗައިނާ ސަރުކާރުގެ ތަރުޖަމާނު މި ޓްވީޓު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރޯސަން ވަނީ އޮސްޓްރޭލިއާ ސިފައިންގެ މީހާގެ އަމަލުތަކަށް މަޢާފަށް އެދޭކަމަށް ވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިން ވަނީ ޗައިނާ ތަރުޖަމާނުގެ ޓްވީޓު ކުށްވެރިކޮށް ކުރިޔަށް އޮތް ތަނުގައި ޗައިނާގެ ސިފައިން، ސިންޖާން މުސްލިމުންނަށް ކުރާ އަނިޔާގެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް