ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އަޅުގަނޑާ ކުޑަކޮށްވެސް ގުޅުމެއް އޮވެގެން ނޫން: ރައީސް ނަޝީދު

ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެކަމާ އުފާފާޅުކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދ...

18 Dec 2020 | 14:45

ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެކަމާ އުފާފާޅުކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ރައީސް ޔާމީން ހައްޔަރު ކުރީ، ރައީސް ނަޝީދު ހައްޔަރުކުރީމާ ކަމަށް ވިދާޅުވުމުން އެވާހަކަ ނޫސްތަކުގައި އެގޮތަށް ލިޔެފައިވާތީ ލަދު ގަންނަކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދުވަހު ވިދާޅުވީ ރާއްޖޭގައި ވެރިން ހައްޔަރުކުރާ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވާހަކަ ކަމަށެވެ. އަދި ޚުދު އެމަނިކުފާނަށް ވެސް ލިބިވަޑައިގެންނެވި ވާހަކަ ކަމަށެވެ.

"ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އަޅުގަނޑާ ކުޑަކޮށްވެސް ގުޅުމެއް އޮވެގެން ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތައް ބަންދުކޮށްފައި އިންތިޚާބު ބޭއްވުމަކީ ވަރަށް ގޯސް ކަމަކަށް ވާނެ ކަމަށާއި އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެކަން ކުރާނެ އަދި ކުރާ ކަމަށް ވެސް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް