ޒީލަ ގަދަ އަންހެނުންގެ ދިރިއުޅުން މާ ނާކާމިޔާބު: ދިރާސާ

ހަގީގަތުގައިވެސް ޒީލަގަދަ އަންހެނުންނަކީ އެމީހުންގެ ދިރިއުޅުމުގައި ގިނަ ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާންް ޖެހޭ ބައެކެވެ. ޒީލަގަދަ އަންހެނުން ނަކީ އަގަ ގަދަވެފަ ނުބެހޭ ކަންތަކާއި ބެހި އެހެން މީހުންނާ...

18 Dec 2020 | 12:39

ހަގީގަތުގައިވެސް ޒީލަގަދަ އަންހެނުންނަކީ އެމީހުންގެ ދިރިއުޅުމުގައި ގިނަ ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާންް ޖެހޭ ބައެކެވެ. ޒީލަގަދަ އަންހެނުން ނަކީ އަގަ ގަދަވެފަ ނުބެހޭ ކަންތަކާއި ބެހި އެހެން މީހުންނާއި ދިމާއަށް އެފަހަރަކު ހިތައް އެރި އެއްޗެއް ގޮވާލާ ބައެކެވެ. ފިރިއެއް ދަރިއެއް ރައްޓެއްސެއް އެމީހުނަކަށް ނޯވެއެވެ. ޒީލަގަދަ އަންހެނުންގެ ތެރޭގައިވެސް ރަނގަޅު އަންހެނުން ނޫޅޭ ވާހަކައެއް ނޫނެވެ. ޒީލަ ގަދަޔަސް ރަނގަޅު އަންހެނުން އުޅެއެވެ. ނަމަވެސް ގިނައީ ކުރިން މި ދެންނެވި ބާވަތރުގެ އަންހެނުންކަން ގިނަބަޔަކު ގަބޫލުކުރާނެއެވެ.

ދާދި ފަހުން އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާ ރިޕޯޓަކުން ހާމަވާ ގޮތުގައި ޒީލަގަދަ އަންހުންގެ ތެރެއިން 80 އިން ސައްތަ އަންހެނުން ގެ ދިއިރުޅުން ނާކާމިޔާބެވެ. ޒީލަގަދަ އަންހެނުން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެހެން އާދައިގެ ދިރިއުޅުން އުޅޭ އަންހުންނަށްވުރެ އެތަކެއް ގުނައަށް ގޯހެވެ.

އެގޮތުން މި ދިރާސާ ރިޕޯޓުގައިވާގޮތުން ޒީލަގަދަ އަންހެނުން ހަޔާތްކުޑަވެފަ ތަންދޮރު އޮޅުންފިލުން ކުޑައެވެ. އެގޮތުން ތިމާގެ ރައްޓެހިންނާއި ދަރިން އަދި ފިރިންނާއި ދިމާއަށް ބުނަން ނުވާ ބާވަތުގެ ބަސްތައް ބުނެހަދައެވެ. ނަތީޖާ އަކަށް ވަނީ އެފަދަ އަންހެނުންދެކެ އެހެން މީހުން ފޫހިވެ އެމީހަކާއި ގުޅުން ކަނޑާލުމެވެ.

މި ދިރާސާ ރިޕޯޓުގައި ބުނަނީ މި ދިރާސާ ހަދާފައިވަނީ ޒީލަގަދަކަމަށް ބުނާ 219 ވަރަކަށް އަންހެނުން ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން އެމީހުންނާއި ކުރެވުނު އިންޓަވިއުތަކުން އެނގިފައިވާ ގޮތުގައި ޒީލަގަދަ ވުމަކީ އެމީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުތަކެއް ފޯރާފައިވާ ކަމެކެވެ.

އެގޮތުން ބައެއް އަންހެނުން އެއްބަސްވެފައިވާ ގޮތުގައި އެމީހުންގެ ފިރިން އަދި ދަރިން އެފަދަ އަންހެނުންދެކެ އިންތިހާއަށް ނަފުރަތުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ އަންހެނުންނާއި އެކު ފިރިން އުޅެން ބޭނުންމެއް ނުވެއެވެ. އަދި އެފަދަ އަންހެނުންނަށް ފިރިންގެ އަޅާލުމާއި ލޯބި ނުލިބޭ ކަމަށް ވެސް ބައެއް އަންހެނުން ވަނީ މި ދިރާސާގެ އިންޓަވިއުތަކުގައި އެއްބަސްވެފައެވެ.

" އަހަރުމެން ޒީލަގަދަ ކަމަށް ބެލެވޭ 2019 ވަރަކަށް އަންހެނުންނާއި އެމީހުންގެ ދިރިއުޅުމާއި ބެހޭ ގޮތުން ސުވާލުކޮށް އިންޓަވިއުކޮށްލިން، މި އިންޓަވިއުއިން އެނގުނު ގޮތުގައި ޒީލަގަދަ އަންހެނުންގެެ ދިރިއުޅުން ވަރަށް ނާކާމިޔާބު. އެފަދަ އަންހެނުން ދެކެ އެމީހުންގެ ފިރިން ނަފުރަތުކުރާކަމަށް އެމީހުން ބުނޭ. އަދި އެފަދަ އެމީހުންގެ ފިރިންނާއި ދަރިންގެ ފުރިހަމަ އަޅާލުމާއި ލޯބި ނުލިބޭ ކަމަށްް ވެސް އެމީހުން އެއްބަސްވޭ": ދިރާ ހެދުމުގައި ބައިވެރިވި ޕްރޮފެސަރަކު ކިޔައިދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް